މިމަހު ކުރީކޮޅު ސަރުކާރުން މާލޭގައި ފެށި ޓެކްސީ ލައިނުގެ ހިލޭ ޚިދުމަތަށް ހަފުތާއެއް ފާއިތުވެގެން ދިޔައިރު، އެ ޚިދުމަތް އަދިވެސް ދެނީ ހިލޭކަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން މިއަދު ހާމަކޮށްފިއެވެ.
އެގޮތުން ޓެކްސީ ލައިންގެ ޚިދުމަތްދޭ އެމްޓީސީސީގެ ހޮޓްލައިނަށް ގުޅުމުން ބުނީ، މާލޭގެ ޓެކްސީ ލައިނުގެ ޚިދުމަތް އަދިވެސް ދެނީ ހިލޭ ކަމަށެވެ.
ހޮޓްލައިނުން ބުނީ، ދަތުރުތަކަށް ފީ ނަގާނެ ވަކި ދުވަހެއް އަދި އެމްޓީސީސީގެ މައި އިދާރާއިން އަންގާފައިނުވާ ކަމަށާއި އަންގާފައިވަނީ އަދި ޚިދުމަތް ހިލޭ ދިނުމަށް ކަމަށެވެ.
އެމްޓީސީސީން މީގެ ކުރިން ބުނެފައިވާ ގޮތުުގައި، މާލޭ ޓެކްސީ ލައިންގެ ޚިދުމަތް މެދުވެރިކޮށް މިމަހުގެ ތިންވަނަ ދުވަހުން ފެށިގެން ނުވަވަނަ ދުވަހުގެ ނިޔަލަށް ހިލޭ ދަތުރުކުރެވޭނެއެވެ.
ޓެކްސީލައިނުގެ ޚިދުމަތް ހޯދުމަށް ގުޅާލެވޭނެ ހޮޓްލައިނު ނަންބަރަކީ 1655 އެވެ.



