ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދިނުމުގެގޮތުން، ކެބިނެޓްގެ 10 މިނިސްޓަރަކު މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ކެބިނެޓަށް ގެންނަ މި ބަދަލާއެކީ އެ ބޭފުޅުން އިސްތިއުފާ ހުށަހަޅުއްވާފައިވާތީ، އެ ބޭފުޅުންގެ އިސްތިއުފާ ރައީސް ވަނީ ޤަބޫލުފުޅު ކުރައްވާފައެވެ.
އެގޮތުން މިއަދު އިސްތިއުފާދެއްވި 10 މިނިސްޓަރުން މި ވޭތުވެދިޔަ މުއްދަތުގައި ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވައި ރައީސް ވަނީ އެބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.
މިއަދު އިސްތިޢުފާދެއްވި 10 މިނިސްޓަރުންނަކީ:
1- މިނިސްޓަރ އޮފް ޑިފެންސްގެ މަޤާމުން މުޙައްމަދު ޣައްސާން މައުމޫން
2- މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަޤާމުން ޑޮކްޓަރ ޢަބްދުﷲ ޚަލީލް
3- މިނިސްޓަރ އޮފް ހެލްތްގެ މަޤާމުން ޢަބްދުﷲ ނާޡިމް އިބްރާހީމް
4- މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ މަޤާމުން ޠާރިޤު އިބްރާހީމް
5- މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ މަޤާމުން ޑޮކްޓަރ ޢާއިޝަތު ޝިހާމް
6- މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މަޤާމުން އާދަމް ނަޞީރު އިބްރާހީމް
7- މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ މަޤާމުން ޑޮކްޓަރ މަރްޔަމް މާރިޔާ
8- މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ މަޤާމުން އިބްރާހީމް ވަޙީދު
9- މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ މަޤާމުން އާދަމް ޝަރީފު ޢުމަރު
10- މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ މަޤާމުން ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު
މިފަހުން ސަރުކާރު ކުންފުނިތަކުގެ ބައެއް ވެރިން ވަނީ މަގާމުން ވަކިކޮށް ނުވަތަ އިސްތިއުފާ ދޭން އަންގާފައެވެ.
އެގޮތުން:
° އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން ވަނީ މިދިޔަ ހަފްތާގައި އިސްތިއުފާ ދެއްވާފައި؛ އޭނާ އިސްތިއުފާ ދެއްވީ އެ ކަމަށް އެދުމުން
° މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ފަރުހަތު ޝަހީރު ވަނީ ވަކިކޮށްފައި
° އެމްޑަބްލިއުއެސްސީގެ އެމްޑީގެ މަގާމުގައި ހުންނެވި އަބްދުލް މަތީން ވަނީ އިސްތިއުފާ ދެއްވާފައި
° އެގްރޯނެޓް ކުންފުނީގެ އެމްޑީއަކަށް ހުންނެވި ހުސެން ދީދީ ވަނީ ވަކިކޮށްފައި
° ފެނަކައިގެ އެމްޑީ މުހައްމަދު ނަޖާހު ވެސް ވަނީ ވަކިކޮށްފައި
އެމްޑަބްލިޔުއެސްސީގެ އެމްޑީއަކަށް ކުރިން ސްޓެލްކޯގެ އެމްޑީކަން ކުރެއްވި އަދި ފަހުން ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި ހުސެއިން ފަހުމީ މިއަދު ވަނީ އައްޔަނުކޮށްފައެވެ.




