ނ. އަތޮޅު ރިސޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުންނާއި އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުން ބުނީ ނ. އަތޮޅުގެ ރިސޯޓެއްގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން، ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ސޮނޭވާ ޖަނި ރިސޯޓު މޯލްޑިވްސް ގައެވެ.
ފުލުހުން ބުނީ، މި ހާދިސާގެ މައުލޫމާތު ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރުފަހު 2:06 ހާއިރު ކަމަށެވެ.
އަލިފާން ނިއްވުމުގެ މަސައްކަތުގައި ފުލުހުންނާއި، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ އިތުރުން ރިސޯޓުގެ މުވައްޒަފުން ދަނީ ގުޅިގެން މަސައްކަތް ކުރަމުންނެވެ.
މި ހާދިސާއާ ގުޅޭ އިތުރު ތަފުސީލެއް އަދި ލިބިފައެއް ނުވެއެވެ.



