އީރާނުގެ ބަނދަރުތަކަށް އެމެރިކާއިން ހުރަސްއެޅުމުގެ ސަބަބުން، އީރާނުން އަނެއްކާވެސް ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފިއެވެ.
އީރާނުގެ ބަނދަރުތައް އެމެރިކާއިން ހުރަސް އެޅުމުގެ ސަބަބުން ހޮރްމޫޒް ކަނޑުއޮޅިގެ ކޮންޓްރޯލް ކުރިން އޮތް ހާލަތަށް ރުޖޫއަވެފައިވާ ކަމަށް އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ވަނީ ބުނެފައެވެ.
އައިއާރްޖީސީގެ ޖޮއިންޓް މިލިޓަރީ ކޮމާންޑުން ބުނީ އީރާނުގެ ބަނދަރުތައް ބަންދު ކުރުމުގެ ނިޔަތުގައި އެމެރިކާ އިން ކަނޑުފޭރުމުގެ އަމަލުތައް ހިންގަމުން އަންނަ ކަމަށެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި އީރާނުގެ ޓޭންކަރުތަކަކަށް ދެ ބޯޓުފަހަރަކުން ވަނީ ބަޑިވެސް ޖަހާފައެވެ. އަދި އެ ހަމަލާ ދީފައިވަނީ ކުރިން އެއްވެސް އެންގުމަކާ ނުލައިކަމަށް އީރާނުގެ ޓޭންކަރުގެ ކެޕްޓަން ބުނެފައިވެއެވެ.
ހަމަލާދިން ދެ ބޯޓަކީ އެމެރިކާގެ ދެ ބޯޓު ކަމަށް ވެސް ބުނެފައިވެއެވެ.



