މިއަދު ފެށިގެން ކުރިއަށްދާ، ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓުލުން ނިމި، ހުރިހާ ވޯޓު ފޮށިތަކެއް މިހާރު ބަންދުކޮށްފިއެވެ.
މި އިންތިހާބު ފެށުނީ މިއަދު ހެނދުނު 8:00 ގައެވެ. އަދި މެންދުރުފަހު 3:00 އާ ހަމައަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ %63.88 މީހުން (3892 މީހުން) ވަނީ ވޯޓު ލާފައެވެ.
މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 6093 މީހަކަށެވެ.
މިއަދު ވޯޓްލި ކައުންސިލް ގޮނޑިތައް:
° ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި
° ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެމްބަރުގެ ގޮނޑި/ ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާއަކީ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއެއް
މިއަދު ވޯޓްލި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑިތައް:
° ހއ. ކެލާ ކޮމިޓީގެ ރައީސްގެ މަޤާމް
° ހދ. ނޭކުރެންދޫ ކޮމެޓީ މެމްބަރު
° ލ. މާވަށު ކޮމިޓީގެ މެމްބަރު
މި އިންތިހާބުގެ ވޯޓުލުން ނިމުނީ ހަވީރު 4:00 ގައެވެ.




