ކ.ހުރާގައި މީހުން ދިރިއުޅެމުންދާ ގެއެއްގައި ރޭ އަލިފާން ރޯވެ، އެކަކު ފިހިއްޖެއެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ބުނީ މި ހާދިސާގައި ގޭގައި ދިރިއުޅޭ މީހެއްގެ އެއް އަތް ފިހިގެން ފަރުވާ ދީފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފައިވާކަމަށެވެ.
އެންޑީއެމްއޭއިން ބުނީ އަލިފާން ރޯވެ އަނދައިގެން ދިޔަ ގެއަކީ 15 މީހުން ދިރިއުޅެމުން ދިޔަ ގައެއް ކަމަށެވެ. އަދި މި ހާދިސާފއަި މުޅި ގެ އެއްކޮށް އަނދާ ހުލިވެފައިވާކަމަށް އެންޑީއެމްއޭއިން ބުނެއެވެ. މި ހާދިސާ ހިންގަން މެދުވެރި ސަބަބެއް އަދި ނޭގޭކަމަށް އެ އޮތޯރިޓީން ބުނެއެވެ.
މި ހާދިސާގެ ސަބަބުން ހާލުގައި ޖެހުނު 15 މީހުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައިވާކަމަށް އެންޑީއެމްއޭއިން ބުނެއެވެ. އަދި މި މަސައްކަތް ކުރިއަށް ގެންދަނީ ހުރާ ކައުންސިލާ ގުޅިގެންކަމަށްވެސް އެ އޮތޯރިޓީން ބުނެއެވެ.




