މިދިޔަ ސަރުކާރުން ގޯތި ދޫކުރޯ ވޯޓުލާން އެއްދުވަހަށް ވެފައި ވަނިކޮށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަދައްކަވަމުން، މެންބަރު އައިފާން ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ދުވަސްކޮޅު ކޮޅުން ބިލްތައް ހުށަހަޅާ ކަމަށާއި ބިމާބެހޭ ގާނޫނަށް އެފަރާތްތަކުން އިސްލާހުތަކެއް ވެސް ހުށަހަޅަމުންދާ ކަމަށެވެ.
”އަޅުގަނޑުގެ ހަނދާނަށް އަންނަނީ، ނިމިދިގަ މަޖިލީހުގައި އެމްޑީޕީގެ ފަރާތުން، އަވަސް އަރުވާލައިގެން ބިމާބެހޭ ޤާނޫނަަށް ގެނެވިގެންދިޔަ އިސްލާހު. ޤާނޫނާ ޚިލާފަށް ކަންތައްތަކެއް ކުރެވިގެންދިޔަ މަންޒަރު ފެނިގެންދިޔައީ“ މެންބަރު އައިފާން ވިދާޅުވިއެވެ.
މެންބަރު އިތުރަށް ވިދާޅުވީ، ބަންޑާރަ ބިމެއް އާންމު ފަރާތަކަށްދޭއިރު އެކަންކަން ކުރެވޭނެ ގޮތް ވަރަށް ސާފުކޮށް ބިމާބެހޭ ޤާނޫނުގައި އޮންނަ ކަމަށެވެ.
އަދި ކުރިން އެމްޑީޕީގެ ވެރިކަމުގައި ފެނިގެންދިޔައީ އިންތިހާބެއް ބޯމަތިވެފައި އޮއްވާ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ކަންތައް ކުރި މަންޒަރު ކަމަށް ވެސް މެންބަރު އައިފާން ވިދާޅުވިއެވެ.



