ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
އިސްތިއުފާ ދެއްވިއިރު އެމަނިކުފާނު ހުންނެވީ ރައީސް އޮފީހުގެ ”މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޯ ޕްރެޒިޑެންޝަލް އެފެއާޒް“ ގެ މަގާމުގައެވެ.
އަލީ އާރިފް އިސްތިއުފާ ދެއްވީ އަމިއްލަފުޅަށްކަން އެނގިފައިވެއެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.
އަލީ އާރިފް އިސްތިއުފާ ދެއްވީ އަމިއްލަފުޅަށްކަން އެނގިފައިވެއެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.
ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުން އަލީ އާރިފް އިސްތިއުފާ ދެއްވި އިރު، ސަރުކާރު ކުންފުނިތަކުގެ ބައެއް އިސް ވެރިން ވެސް މިފަހުން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
އޭގެ ތެރޭގައި އިއްޔެ މަގާމުން އިސްތިއުފާ ދެއްވި މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ފަރުހަތު ޝަހީރާއި އެމްޑަބްލިޔުއެސްސީގެ އެމްޑީގެ މަގާމުގައި ހުންނެވި އަބްދުލް މަތީން ހިމެނެއެވެ.
މީގެ އިތުރުން، އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން ވަނީ މިދިޔަ ހަފްތާގައި އިސްތިއުފާ ދެއްވައިފައެވެ.
މިފަހުން ސަރުކާރު ކުންފުނިތަކުގެ ބައެއް ވެރިން ވަނީ މަގާމުން ވަކިވެސް ކޮށްފައެވެ. އޭގެ ތެރޭގައި އެގްރޯނެޓް ކުންފުނީގެ އެމްޑީއަކަށް ހުންނެވި ހުސެން ދީދީ އާއި ފެނަކައިގެ އެމްޑީ މުހައްމަދު ނަޖާހު ހިމެނެއެވެ.




