ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫން މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
އެނގިފައިވާ ގޮތުގައި ޣައްސާން މިނިސްޓަރުކަމުން އިސްތިއުފާ ދެއްވީ، ރައީސްގެ އެދިވަޑައިގަތުމުގެ މަތިންނެވެ.
މިފަހަކަށް އައިސް ސަރުކާރުން ވަނީ ސަރުކާރު ކުންފުނިތަކުގެ ބައެއް އިސްވެރިން މަގާމުން ވަކިކޮށްފައެވެ. އަދި ބައެއް އިސްވެރިން އަމިއްލަފުޅަށް ވަނީ މަގާމުން އިސްތިއުފާވެސް ދެއްވާފައެވެ.
ޣައްސާންޑިފެންސް މިނިސްޓަރަކަށް އައްޔަންކޮށްފައި ވަނީ މި ސަރުކާރުގެ ފުރަތަމަ ދުވަހު 17 ނޮވެމްބަރު 2023ގަ އެވެ.
ޣައްސާން އަކީ ކުރީގެ ރައީސް މައުމޫން އަބްދުގައްޔޫމްގެ ދަރިކަލުންނެވެ. މިދިޔަ އިންތިހާބުގައި ނެގި ހިޔާލު ހޯދުމުގެ ވޯޓުގައި މައުމޫން ހުންނެވީ ރައީސް މުހައްމަދު މުއިއްޒުގެ ސްޓޭންޑާ ދެކޮޅަށް، ދެ އިންތިހާބު އެކުގައި ބާއްވަން ނުފެންނަ ކަމަށް ބުނި ފަޅީގައެވެ.



