ފޮރިން މިނިސްޓަރ ޢަބްދުﷲ ޚަލީލް އާއި ސިޓީތަކާބެހޭ މިނިސްޓަރު އާދަމް ޝަރީފު އުމަރުގެ އިތުރުން ސޯޝަލް އެންޑް ފެމިލީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވެސް މަގާމުން މިއަދު ވަކިކޮށްފިއެވެ.
ޚަލީލް އެންމެ ފުރަތަމަ ހުންނެވީ މި ސަރުކާރުގެ ހެލްތު މިނިސްޓަރު ކަމުގެ މަގާމުގައެވެ. އެ މަގާމުގައި ހުންނަވަނިކޮށް ފޮރިން މިނިސްޓަރަކަށް އައްޔަން ކުރެއްވީ، 2024 ސެޕްޓެމްބަރު 30 ވަނަ ދުވަހުއެވެ.
ސަރުކާރުގެ ހިއްސާވާ ބައެއް ކުންފުނިތަކުގެ ވެރިން ވަކި ކުރައްވާފައިވެއެވެ. އަދި އަނެއްބައި ވެރިން އިސްތިއުފާ ދެއްވައިފައިވެއެވެ.
އެގޮތުން ދާދި ފަހުން ދައުލަތުގެ ކުންފުނިތަކަށް ވެސް ބަދަލުތައް ގެނެސްފައިވެއެވެ. އެގޮތުން އެގްރޯ ނެޝެނަލް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ހުސެއިން ދީދީ އާއި ފެނަކަގެ މެނޭޖިން ޑިރެކްޓަރު ކަމުން މުޙައްމަދު ނަޖާޙް ވަނީ މި މަހުގެ ހަ ވަނަ ދުވަހު ވަކިކޮށްފައެވެ.



