ފުލުހުންގެ ކަސްޓޯޑިއަލްގައި ބަންދުގައި ހުއްޓާ އިއްޔެ ނިޔާވި މީހާގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާކަން ފުލުހުން ރޭގައި ހާމަކޮށްފިއެވެ.
ބަންދު ގޮޅީގައި ވެއްޓިފައި އޮއްވާ ފެނިގެން އިއްޔެ ހަވީރު އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް ނިޔާވެފައި ވަނީ މ. ރޭއަލިވާގެއާގޭ / އަހުމަދު ނަވްޝާދު (41އ.) އެވެ.
ފުލުހުން ބުނީ އޭނާ ނިޔާވީ ބަންދުގައި ހުއްޓާ ކަމަށް ވާތީ ނިޔާވި ސަބަބު ދެނެގަތުމަށްޓަކައި ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށެވެ.
އެ ހާދިސާގެ މައުލޫމާތު ހިއުމަށް ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މިހާރު ވަނީ ހިއްސާކޮށްފައެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.




