ރާއްޖެއަށް މިދުވަސްކޮޅު ކުރަމުންދާ ވިއްސާރައާ ގުޅިގެނަ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށެވެ.
މެޓް އޮފީހުން ބުނީ، މި ސަރަހައްދުތަކުގައި ހިމެނޭ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 7:15 މެންދުރު 1:00 އާ ހަމައަށެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު މިއަދު ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ކުރިންވެސް ވަނީ ލަފާކޮށްފައެވެ.
އެގޮތުން މެޓް އޮފީހުން ބުނީ މިއަދު އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.



