ބ. ކެންދޫ ކައުންސިލް ރައީސް އިބްރާހީމް އަބްދުއްރަހްމާންގެ ސައިކަލު، ކަނޑު ފައްތައިފިއެވެ.
އިބްރާހީމް އަބްދުއްރަހްމާން ބައެއް މީޑިއާތަކާއި ވަަހަކަ ދައްކަވަމުން ވިދާޅުވީ، ބަޔަކު އޭނާގެ ސައިކަލު ކަނޑުފައްތާފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ ކަމަށެވެ.
މި މައްސަލަ ފުލުހުންނަށް ވެސް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް ތަހުގީގު ކުރާކަމަށް ބުނުން ފިޔަވާ އިތުރު އެއްބާރުލުމެއް ފުލުހުންގެ ފަރާތުން ވެސް ނުލިބޭ ކަމަށް އޭނާ ބުނެފައިވެއެވެ.
މިއީ ސިޔާސީ ގޮތުން ބަޔަކު އޭނާއަށް ދިން ލަނޑެއް ކަމަށްވެސް އިބްރާހީމް ވިދާޅުވެފައިވެއެވެ.
”ފިނޯ“ ބްރޭންޑުގެ އެ ސައިކަލު ފެނުނީ ރަށުގެ އުރަފަށުން ބޭރުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ސައިކަލު ކަނޑުން ނެގީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ވެސް އޭނާ މައުލޫމާތުދެއްވާފައިވެއެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.




