ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ދިޕިކާ ޕަދުކޯން ދެވަނަ ދަރިއަކަށް ބަލިވެ އިންކަން އިއްޔެ އިއުލާނު ކޮށްފިއެވެ. އެ ހަބަރު އޭނާއާއި އޭނާގެ ފިރިމީހާ އަދި އެކްޓަރު ރަންވީރު ސިންގް ވަނީ ސޯޝަލް މީޑިއާގައި އިއްޔެ ވަރަށް ތަފާތު ގޮތަކަށް ހިއްސާ ކޮށްފައެވެ.
ދިޕިކާ އާއި ރަންވީރު ކައިވެނި ކުރީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު، އިޓަލީގައެވެ. އެ ދެމަފިރިންގެ ފުރަތަމަ ދަރިފުޅު، ދުއާ ޕަދުކޯން ސިންގް އުފަންވެފައިވަނީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު ގައެވެ.
ދެވަނަ ދަރިފުޅަށް ބަލިވެ އިންކަން ދިޕިކާ އާއި ރަންވީރު ހާމަކޮށްފައިވަނީ، ދުއާގެ އަތަށް ޕްރެގްނެންސީ ކިޓެއް ދީފައި، އެ ދެމަފިރިންގެވެސް އަތާއެކު ނަގާފައިވާ ފޮޓޯއަކުންނެވެ. އެ ކިޓުން ދައްކުވައިދެނީ ޕްރެގްނެންސީ ”ޕޮޒޓިވް“ ކަމުގެ ފާހަގައެވެ.
މަންމައަކަށް ފުރަތަމަވީ ފަހުން ދިޕިކާ ވަނީ އޭނާ މަސައްކަތް ކުރާ ވަގުތަށް ބަދަލު ގެނެސް، ފުވާލަކު 8 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ނުކުރެވޭނެ ކަމަށް ބުނެފައެވެ. އެކަމާ ގުޅިގެން ވަރަށް ގިނަ މީހުން ދިޕިކާއަށް ފާޑުކިޔައި، އޭނާއަށް ދިން ވަރަށް ގިނަ ޕްރޮޖެކްޓުތަކުން ވެސް ވަކިކުރިއެވެ.




