މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި 584 ގޮނޑިއާއެކު ކުރި ލިބިފައިވަނީ ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީއަށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އާންމުކޮށްފައިވާ ދާއިމީ ނަތީޖާއިން ދައްކައިފިއެވެ.
މި އިންތިހާބުގައި އިދިކޮޅު އެމްޑީޕީއަށް ކާމިޔާބު ކުރެވިފައިވަނީ 563 ގޮނޑިއެވެ.
މި އިންތިހާބަށް 1،351 މެންބަރުން އިންތިހާބުވިއެވެ. އޭގެ ތެރެއިން ޕީއެންސީން 584 ގޮނޑި، އެމްޑީޕީން 563 ގޮނޑި ކާމިޔާބު ކޮށްފައިވާއިރު، އަދާލަތު ޕާޓީއަށް ލިބިފަައިވަނީ 6 ގޮނޑި، ޖުމްހޫރީ ޕާޓީއަށް 4 ގޮނޑި، އެމްޑީއޭއަށް 23 ގޮނޑި، ޑިމޮކްރެޓްސް އަށް 2 ގޮނޑި އަދި އަމިއްލަ ގޮތުން ވާދަކުރި 169 މެންބަރުންނަށް ގޮނޑި ކާމިޔާބުވެފައިވެއެވެ.
° ޕީއެންސީން ކާމިޔާބު ކުރި ގޮނޑިތަކުގެ އަދަދު:
• ސިޓީ ކައުންސިލް މެންބަރުން: 5 ގޮނޑި
• ރަށު ކައުންސިލް ރައީސް: 75 ގޮނޑި
• ރަށު ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑި: 101 ގޮނޑި
• ރަށު ކައުންސިލް މެންބަރު: 99 ގޮނޑި
• ސިޓީ އ.ތ.މ.ކ ގެ މެންބަރު: 4 ގޮނޑި
• ރަށު އ.ތ.މ.ކ ގެ ރައީސް: 84 ގޮނޑި
• ރަށު އ.ތ.މ.ކ ގެ މެންބަރު: 216 ގޮނޑި
° އެމްޑީޕީން ކާމިޔާބު ކުރި ގޮނޑިތަކުގެ އަދަދު:
• މޭޔަރ: 5 ގޮނޑި
• ސިޓީ ކައުންސިލް މެންބަރުން: 41 ގޮނޑި
• ރަށު ކައުންސިލް ރައީސް: 73 ގޮނޑި
• ރަށު ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑި: 88 ގޮނޑި
• ރަށު ކައުންސިލް މެންބަރު: 82 ގޮނޑި
• ސިޓީ އ.ތ.މ.ކ ގެ ރައީސް: 5 ގޮނޑި
• ސިޓީ އ.ތ.މ.ކ ގެ މެންބަރު: 42 ގޮނޑި
• ރަށު އ.ތ.މ.ކ ގެ ރައީސް: 60 ގޮނޑި
• ރަށު އ.ތ.މ.ކ ގެ މެންބަރު: 167 ގޮނޑި
° އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުން ކާމިޔާބު ކުރި ގޮނޑިތައް:
• ސިޓީ ކައުންސިލް މެންބަރުން: 1 ގޮނޑި
• ރަށު ކައުންސިލް ރައީސް: 24 ގޮނޑި
• ރަށު ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑި: 30 ގޮނޑި
• ރަށު ކައުންސިލް މެންބަރު: 36 ގޮނޑި
• ސިޓީ އ.ތ.މ.ކ ގެ މެންބަރު: 1 ގޮނޑި
• ރަށު އ.ތ.މ.ކ ގެ ރައީސް: 26 ގޮނޑި
• ރަށު އ.ތ.މ.ކ ގެ މެންބަރު: 51 ގޮނޑި




