ހަނގުރާމަ ފުޅާވެގެން ދިޔައިރު ސިންގަޕޫރު މަގުންވެސް ރާއްޖެއަށް ތެޔޮ ގެނެސްފައިވާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޒަމީތު މިހެން ވިދާޅުވީ، މެދުއިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން ރާއްޖެއަށް ދިމާވެދާނެ ދަތިތަކަށް ހައްލު ހޯދައިދެއްވަން މަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވާފައިވާ ޚާއްސަ ވަޒީރުންގެ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ ކުރިއަތްއޮތްތަނުގައި، މިމަހުގެ 24 ވަނަ ދުވަހު 25،000 މެޓްރިކް ޓަނުގެ ތެޔޮ ރާއްޖެއަށް އަންނާނެ ކަމަށެވެ. އަދި ޖެޓް ފިއުލް ވެސް ހަމައެދުވަހު އަންނާނެ ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވެފައިވެއެވެ.
”އެހެންކަމުން ތެޔޮ ގެނައުމުގެ އެއްވެސް ދަތިކަމެއް ރާއްޖެއަކަށް ނެތް“ މިނިސްޓަރު ޒަމީރު ކަށަވަރު ކޮށްދެއްވިއެވެ.




