ރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ހިންގަމުންދާ، މާލޭގައި ހުންނަ ދަނާލުގައި، އަންހެން ކުއްޖަކު ނިޔާވި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ރޭ ދަންވަރުގެ ވަގުތެއްގައި ނިޔާވެފައިވަނީ އުމުރުން 18 އަހަރުގެ އަންހެން ކުއްޖެކެވެ.
”ސައުވީސް“ އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، 2026 އޭޕްރީލް 20 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި، މާލޭގައި ހުންނަ ކުދިން ބައިތިއްބާ އެކޮމޮޑޭޝަނެއްގައި 18 އަހަރުގެ ޒުވާނަކު ނިޔާވެފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.
ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ދެއްވާފައެއް ނުވެއެވެ.
ދަނާލަކީ އެކި ކޯސްތަކުގައި ކިޔެވުމަށް މާލެ އައިސްފައިތިބި ދަރިވަރުން ދިރިއުޅޭ ތަނެކެވެ. މާލޭގެ އިތުރުން، ދަނާލްގެ ބައެއް އިމާރާތް މިހާރު އަތޮޅުތެރޭގެ ބައެއް ރަށްރަށުގައިވެސް ގާއިމްކޮށްފައިވެއެވެ.




