މިހާރުވެސް ރާއްޖޭގެ ގިނަ ރިސޯޓުތަކުގައި ސާވީސް ޗާޖު ދެމުން އަންނަނީ ބޭރު ފައިސާއިން ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ މިހާރުވެސް ރާއްޖޭގައި މެޖޯރިޓީ ރިސޯޓުތަކުގައި ސާވިސް ޗާޖު ދެމުންގެންދަނީ ބޭރު ފައިސާއިން ކަމަށެވެ.
މިޖިލީހަށް މިއަދު ކެންދޫ ދާއިރާގެ މެންބަރު ހުށަހެޅުއްވި އިސްލާހުގައި، ޑޮލަރުން ސާވިސް ޗާޖު ދޭން ޖެހޭނެކަން ނެތްކަން ފާހަގަ ކުރައްވާ ޝުޖާއު ވިދާޅުވީ، އެ އިސްލާހުގައި އޮތީ ”ނަގާ ބާވަތަކުން ދޭން ވާނެ“ ކަން ކަމަށެވެ.
”އޭގެ މާނައަކީ އިންޑިއަން ރުޕީސްއިން ދީފިއްޔާ ރުޕީސް އިންނޭ ދޭން ޖެހޭނީ. ހަނޑުލުން ވިއްޔާ ހަނޑުލުން ދޭން ޖެހޭނީ“ މެންބަރު ޝުޖާއު ވިދާޅުވިއެވެ.



