އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލަރުގެ މަގާމުގައި ހުންނެވި އަހްމަދު އަޝްފާން، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަކަށް ބަދަލުކޮށްފިއެވެ.
އިމިގްރޭޝަންގެ އޮފިސަރެއްގެ ގޮތުގައި 18 އަހަރު ހޭދަކުރެއްވުމަށް ފަހު، އެ އިދާރާގެ ޑެޕިއުޓީ ކޮންޓްރޯލަރުގެ މަގާމަށް އަޝްފާން އައްޔަންކުރީ މީގެ ދެ އަހަރު ކުރިން، އެޕްރީލް 2024 ގައެވެ.
ޔޫތު މިނިސްޓްރީގެ ނައިބަކަށް އަޝްފާން ބަދަލުކޮށްފައިވަނީ މިއަދުއެވެ.
ޔޫތު މިނިސްޓަރީއަށް އަޝްފާން ބަދަލުކުރުމާ ގުޅިގެން އިމިގްރޭޝަނުން ވަނީ އޭނާ އެ އިދާރާއަށް ކޮށްދެއްވި ހިދުމަތުގެ އަގު ވަޒަންކޮށް، ޕޯސްޓެއް ވެސް ކޮށްފަ އެވެ. އޭނާއަށް ކާމިޔާބީއަށް ވެސް އެ ޕޯސްޓުގައި އެދިފައިވެއެވެ.




