ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކަކުން ކަރަންޓު ކެނޑިއްޖެއެވެ.
ސްޓެލްކޯއިން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، ހިޔާއާއި ވިނަރެސްގެ ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ.
އެގޮތުން ހިދުމަތް މެދުކެނޑިފައިވާ ސަރަހައްދުތަކަކީ:
° ހިޔާ ޓަވަރު 5، 6، އަދި 7
° ވިނަރެސްގެ 10 ޓަވަރު
° އަމާން ދޯދި 12، 13، 14، 15، އަދި 16
° އަމާން އުދަރެސް 5، އަދި 6
° އެމްޕީއެލް ޓަވަރުތައް
ސްޓެލްކޯއިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށާއި މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.




