ރ. ރަސްގެތީމު ގެއެއްގެ ތެރެއިން މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ބުނީ، ރަސްގެތީމުގައި އެކަނި ދިރިއުޅެމުންދިޔަ މީހެއްގެ ހަބަރެއް ނުވެ ދެ ދުވަސް ވެފައިވާކަމަށް ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން އެމީހާ ދިރިއުޅޭ ގެއަށް 2026 އޭޕްރީލް 26 ވަނަ ދުވަހުގެ ރޭ 21:53 ހާއިރު ވަދެ ބެލިއިރު އެމީހާ ނިޔާވެފަ އޮއްވާ ފެނިފައިވާ ކަމަށެވެ.
ނިޔާވެފައި އޮއްވާ ފެނިފައިވަނީ ސޯސަންގެ / ރ.ރަސްގެތީމު، އިބްރާހީމް ޔޫސުފުފުޅު (55އ) އެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، އެމީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއްގެ ނިޝާނެއް ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.




