ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ވަރަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ ”އަދަދު“ ނޫހުގެ މައްސަލަ އެމަނިކުފާނު ފުލުހުންނަށް ހުށަނާޅުއްވާ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ރަޝީދު (މުންދު) ރޭގައި ވިދާޅުވެއްޖެއެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު އަދަދު ނޫހުން ވަނީ، ނަން ހާމަނުކުރާ މީހަކު ދިން އިންޓަވިއުއެއްގެ މައްޗަށް ބިނާކޮށް، ރައީސަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުވާ ގޮތަށް ހަދާފައިވާ ޑޮކިއުމެންޓަރީއެއް އާންމުކޮށްފައެވެ. އޭގެ ފަހުން، އަދަދު ނޫހުން ރޭގައި ވަނީ އެ ޑޮކިއުމެންޓަރީގެ މައްސަލައިގައި ފުލުހުން އެ ނޫހުގެ އޮފީސް ބަލައިފާސްކުރަމުން އަންނަ ކަމަށް ރިޕޯޓުކޮށްފައެވެ.
އެކަމާ ގުޅޭ ގޮތުން ފުލުހުން ބުނެފައިވަނީ، އެ މުއައްސަސާއިން ބަލަމުންދާ މައްސަލައަކާ ގުޅިގެން އަދަދު ނޫހުގެ އޮފީސް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ނުދެއެވެ.
މީގެއިތުރުން، އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ވެސް ކްރިމިނަލް ކޯޓުން ވަނީ އަމުރެއް ނެރެފައެެވެ.
އެކަމާ ގުޅޭގޮތުން އޮންލައިން ނޫހަކުން ސުވާލު ކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވީ ފުލުހުން ހިންގާ ޖިނާއީ ތަހުގީގަކާ ގުޅެ ގޮތުން ސަރުކާރަށް އެއްޗެކޭ ނުބުނެވޭނެ ކަމަށާއި ނަމަވެސް އެފަދަ މައްސަލައެއް ރައީސް ހުށަނާޅުއްވާ ކަމަށެވެ.





1 Comment
މޮޔައަކަށްވެސް އެނގެންވާނެ ރައީސް އަމިއްލަފުޅަށް ޖިނާއީ މައްސަލައެއް ހުށައެއް ނާޅުއްވާނެ އާދައިގެ މީހަކު ލައްވާ އޯޑިއޯ ރެކޯރޑިން ހަދައި އަޑުތަކެއް ފެތުރިއަސް. ޢަދި އިސްލާމް ދީނުގައި ހުއްދަކަމެއް ދެއަނބީން ދީނުގައި އަންގަވާފައިވާ ގޮތަށް. އެހެން ނަމަވެސް ނޫސްމަޖައްލާއެއްގައި މީހެއްގެ އަބުރު ގެއްލުުވާލަން ޙަޤީޤަތް އޮޅުވާލާ ވާހަކަތަކެއް ފެތުރިމަކީ ދަށު ދަރަޖައިގެ ކަމެއް. އަދި ޢިލްމީ ބޭފުލުން އިދިކޮޅު ޕާޓީތަކުން މަގުމައްޗަށް ނިކުމެވަޑައިގެން މިކުރެވެނީ ކޮންކަމެއްކަން ނޭގި ނަށަމުން ސޯފާއަކާއިގެން އެބަދުވާ.