މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމުން އަހުމަދު ޝަރީފް އަބްދުއްރަހްމާން ޔޫސުފް ވަކިކޮށްފިއެވެ.
ޝަރީފު އެ މަގާމުން ވަކި ކުރިކަން އޭނާވަނީ ބައެއް މީޑިއާތަކަށް މިއަދު ކަށަވަރު ކޮށްދެއްވާފައެވެ.
އެގޮތުން ޝަރީފު ވިދާޅުވީ، އޭނާގެ ވަޒީފާގެ އެއްބަސްވުން ބާތިލުކޮށް ފޮނުވާފައިވާ ކަމަށާއި ވަކިކުރީ، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން މަދުކުރުމަށް ޕީސީބީން ދިން އިރުޝާދުގެ ތެރެއިން ކަމަށެވެ.
ޝަރީފަކީ ކުރީގެ ސަރުކާރުގައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ނޮން-އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ.




