ރާއްޖޭގައި ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް، އެއްވެސް ލަސްކަމެއް ނެތި ފުރިހަމަ ޚިދުމަތް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް މިއަދު ބާއްވައިފިއެވެ.
މި ބައްދަލުވުން ބޭއްވީ ހެލްތު މިނިސްޓަރު ގީލާ އަލީ އާއި ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު މުހައްމަދު އެވެ.
އިއްޔެ ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި، ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރި ނަމަވެސް، ނަފްސާނީ އެހީ ބޭނުންވާ މީހަކަށް ވީ އެންމެ އަވަހަކަށް ފަރުވާ ލިބޭނެ ނިޒާމެއް ބިނާކުރުމާއި، ހުރިހާ އުމުރުފުރާތަކަކަށް އަމާޒުކޮށްގެން ނަފްސާނީ ދުޅަހެޔޮކަމުގެ ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން، މި ދާއިރާގެ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި ހުރިހާ މުއައްސަސާތަކެއް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން މަޝްވަރާކޮށްފައިވެއެވެ.
މި ބައްދަލުވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ، ނަފްސާނީ ބަލިތަކާ ގުޅުންހުރި ހާދިސާތަކުގައި ފުލުހުން ހަރަކާތްތެރިވާއިރު ދިމާވާ ގޮންޖެހުންތަކާއި، އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވައިފައެވެ.
މި މަޝްވަރާތަކުގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތްތައް މިހާރަށްވުރެ ފެންވަރު ރަނގަޅުކޮށް، ރައްޔިތުންނަށް އިތުބާރު ހުރި ނިޒާމެއް ގާއިމްކޮށްދިނުމެވެ.



