މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު ލަމްއާން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
އެނގިފައިވާ ގޮތުގައި ލަމްއާން އެ މަގާމުން އިސްތިއުފާ ދެއްވީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑެޕިއުޓީ ސީއީއޯ ކަމުގެ މަގާމަށް ބަދަލު ކުރާތީއެވެ.
އެމްއޭސީއެލްގެ ޑީއެމްޑީއަކަށް ލަމްއާން އައްޔަންކުރެއްވީ، މި ސަރުކާރުން، 1 ފެބްރުއަރީ 2024 ގައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި އޭނާ ވަނީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރައްވައިފައެވެ.
އެމްއޭސީއެލްގެ ޑީއެމްޑީ ކަމުގެ މަގާމުން ލަމްއާން އިސްތިއުފާ ދެއްވި ނަމަވެސް އެ ކުންފުނީގެ ޑީއެމްޑީގެ މަގާމުގައި މުޖުތަބާ ލަތީފް ހުންނަވާނެ އެވެ.



