ސަރުކާރު ހިންގާ ޕީއެންސީގެ ތަރުޖަމާނަކަށް އަލްއުސްތާޛު މުހައްމަދު ފިރުޒުލް އަބްދުالله ހަލީލް ހަމަޖައްސައިފިއެވެ.
މިކަމާ ގުޅޭގޮތުން ޕީއެންސީން ރޭގައި ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ޕާޓީގެ ތަރުޖަމާނަކަށް ފިރުޒުލް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ކޮންގްރެސް ޕާޓީން ވަނީ އެ ޕާޓީގެ މެންބަރުންގެ ނަމުގައި ފިރުޒުލްއަށް މަރުޙަބާ ވެސް ކިޔާފަ އެވެ.
ފިރުޒުލް އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަ ސެކެރެޓަރީގެ މަޤާމުގައި ހުންނެވި ބޭފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިންތިޚާބީ ރައީސެއްގެ ގޮތުގައި ހުންނެވި ދުވަސްވަރު އެމަނިކުފާނުގެ ތަރުޖަމާނަކަށް ވެސް ހުންނެވީ ފިރުޒުލް އެވެ.
މީގެއިތުރުން ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ކޮންގްރެސްގެ ތަރުޖަމާނުކަން ކުރެއްވީ ވެސް ފިރުޒުލް އެވެ.



