ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026 އަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ މުއްދަތު މިއަދުގެ 15:00ގެ ނިޔަލަށް ހަމަވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
މި ބައި-އިލެކްޝަނަށް ކުރިމަތިލުމުލަށް ހުޅުވާލި ފުރުސަތު ހަމަވިއިރު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ގެ ފަރާތުން 1 ކެންޑިޑޭޓާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ފަރާތުން 1 ކެންޑިޑޭޓް ހިމެނޭހެން ޖުމްލަ 2 ކެންޑިޑޭޓުން ހުށަހަޅާފައިވާ ފޯމު ބަލައިގަނެފައިވާ ކަމަށް އީސީން ބުންޏެވެ.
އެގޮތުން ޕީއެންސީގެ ފަރާތުން އެ މަގާމަށް ވާދަ ކުރައްވަނީ އަހުމަދު ސައީދު (ސޮޑާ) އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026 ގެ ވޯޓުލުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 2026 ޖޫން 6 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 4:00 އަށެވެ.




