އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަހުމަދު މުބީން އައްޔަނުކޮށްފިއެވެ.
މުބީންް މި ސަރުކާރުގައި އެންމެ ފުރަތަމަ އައްޔަންކުރީ ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށެވެ. އެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ އެ ކުންފުނީގެ މަސައްކަތްތައް އެމްއޭސީއެލްއާ އެއްކޮށްލުމުގެ މަސައްކަތް ކުރަމުންދަނިކޮށެވެ.
އެމްޓީސީސީން މިއަދު ވަނީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކޮށްފައިވާތީ މުބީންއަށް މަރުހަބާ ކިޔައިފަ އެވެ.
އެމްޓީސީސީން ބުނީ މުބީންގެ ލީޑާޝިޕްގައި ކުންފުންޏަށް އިތުރު ކާމިޔާބީތައް ލިބި، ކުރިއަރާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.



