މޯލްޑިވްސް ޕޮލިސް ސާވިސްގެ އިމަޖެންސީ ނަންބަރު 119 އަދި ހޮޓްލައިން ނަންބަރުތަކަށް ދިމާވި މައްސަލަ ހައްލުކޮށްފިއެވެ.
ފުލުހުން މިއަދު ހާމަކުރި ގޮތުގައި، މި މައްސަލަ ދިމާވެފައިވަނީ އިމަޖެންސީ ނަންބަރު 119 ގެ އިތުރުން ހޮޓްލައިން ނަންބަރުތައް ކަމަށްވާ 3322111 އަދި 3322112 އަށެވެ. މި މައްސަލަ ހައްލުކުރުމަށް ފުލުހުންގެ ފަންނީ ޓީމުތަކުން މަސައްކަތް ކުރަމުން ދިޔަ ކަމަށްވެސް ބުންޏެވެ.
މި މައްސަލަ ހައްލުވަންދެން، ކުއްލި ހާލަތްތަކުގައި ފުލުހުންގެ އެހީތެރިކަން ހޯދުމަށް އާންމު ނަންބަރެއްގެ ގޮތުގައި 9888999 ބޭނުންކުރުމަށް ފުލުހުން އިލްތިމާސް ކުރިއެވެ.
މީގެއިރުކޮޅެއް ކުރިން ފުލުހުން ބުނީ، އިމަޖެންސީ ނަމްބަރުތަކަށް ދިމާވި މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށެވެ.




