އިމާރާތްކުރުމުގެ ސިނާއަތުން މިދިޔަ އަހަރު ބޮޑުކުރިއެރުމެއް ހޯދާފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އަހަރީ ރިޕޯޓުން ދައްކައިފިއެވެ.
ރާއްޖޭގެ އިޤްތިޞާދުގައި ހިއްސާކުރާ މައިގަނޑު ސިނާއަތްތަކުގެ ތެރޭގައި އިމާރާތްކުރުމުގެ ސިނާއަތް ހިމެނެއެވެ. އިމާރާތްކުރުމުގެ ސިނާއަތް މިދިޔަ އަހަރު ކުރިއަރާފައިވާއިރު މާލީ އިދާރާތަކުން މި ދާއިރާއަށް ދޫކޮށްފައިވާ ލޯނުގެ އަދަދުވެސް އިތުރެވެ.
އެމްއެމްއޭއިން އާންމުކޮށްފައިވާ ރިޕޯޓުން ދައްކާގޮތުން ވިޔަފާރި ބޭންކުތަކުން އިމާރާތްކުރުމާއި ރިއަލް އެސްޓޭޓް ދާއިރާއަށް ދޫކޮށްފައިވާ ލޯނު ވަނީ މިދިޔަ އަހަރު %13 އިތުރުވެފައެވެ. 2024ވަނަ އަހަރު ބޭންކުތަކުން އިމާރާތްކުރުމުގެ ސިނާއަތައް ދޫކޮށްފައިވާ ލޯނުގެ އަދަދު ހުރީ %10 ގައިކަމަށް މި ރިޕޯޓުން ދައްކައެވެ.
ބޭންކުތަކުން ދޫކުރި ލޯނުގެ އަދަދަށް އައި މި ކުރިއެރުމަކީ މައިގަނޑު ގޮތެއްގައި އަލަށް ތަރައްގީކުރާ ރިސޯޓުތަކަށާއި، މީހުން ދިރިއުޅޭ އިމާރާތްތަކާއި ހައުސިންގ މަޝްރޫއުތަކުގެ އިތުރުން ރިއަލް އެސްޓޭޓް ތަރައްގީކުރުމުގެ އެކި މަސައްކަތްތަކަށް ދޫކުރި ލޯނު އިތުރުވުމާ ގުޅިގެން އައި ބަދަލެއްކަމަށް މި ރިޕޯޓުގައި ވަނީ ބުނެފައެވެ.
2024 ވަނަ އަހަރު އިމާރާތްކުރުމުގެ ދާއިރާގެ އުފެއްދުންތެރިކަން %1.7 ވަނީ ދަށްވެފައެވެ. ނަމަވެސް މިދިޔަ އަހަރު މި ދާއިރާއިން ވަނީ %3.7 ގެ ކުރިއެރުމެއް ހޯދާފައެވެ. އަދި ރިއަލް އެސްޓޭޓް ދާއިރާގެ އުފެއްދުންތެރިކަން 2024 ވަނަ އަހަރު 5.3 އިންސައްތައިގެ ކުރިއެރުމެއްގައި ހުރުމަށްފަހު، 2025 ވަނަ އަހަރު ވަނީ 3.1 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައިކަމަށް އެމްއެމްއޭގެ ރިޕޯޓުން ދައްކައެ
ވެ.



