ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް މިދިޔަ މަހު 2.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.
މީރާ އިން މިއަދު އާންމުކުރި އޭޕްރީލް މަހުގެ ތަފާސްހިސާބުތަައް ދައްކާ ގޮތުން، މިދިޔަ މަހު ލިބުނު އާމްދަނީއަކީ މިދިޔަ އަހަރުގެ އޭޕްރީލް މަހު ލިބުނު އާމްދަނީއާ އަޅާބަލާއިރު %0.3 މަދު އަދަދެކެވެ. ނަމަވެސް މިއީ އެ މުއްދަތުގައި ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށް ވުރެ %16 އިތުރު އާމްދަނީއެއް ކަމަށް އެ ތަނުން ބުންޏެވެ.
މާރިޗު މަހު ލިބުނު އާމްދަނީގެ ތެރޭގައި ޑޮލަރުން ލިބުނު 120.7 މިލިއަން ޑޮލަރު ހިމެނެއެވެ.
މީރާ އިން ބުނީ އޭޕްރީލް މަހު ލިބޭނެ ކަމަށް ލަފާކުރި އާމްދަަނީއަށް ވުރެ ލިބުނު އާމްދަނީ އިތުރުވީ ކުރިން ލިބެންޖެހޭ ބައެއް ފީތައް އެ މުއްދަތުގައި ލިިބިފައިވުމުން ކަމަށާއި މީރާއަށް ލިބެންޖެހޭ ފީތައް ހޯދުމަށް ކުރި މަސައްކަތްތަކުން، އޭގެ ތެރެއިން ފައިސާ ލިބިފައި ވުމުން ކަމަށެވެ.



