ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ފަށައިފިއެވެ.
އެމްއެންޑީއެފްއިން ބުނީ، މާލޭގެ މަގުތަކުން ފެންބޮޑުވަމުންދާތީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންދަނީ 3 ސަރަހައްދެއްގައި ކަމަށެވެ.
އެއީ މާފަންނު ވެސްޓް ޕާކު ސަރަހައްދާއި އައިޖީއެމްއެޗް ސަރަހައްދުގެ އިތުރުން ސަލްމާނު މިސްކިތް ހިމެނޭ ސަރަހައްދެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ޤައުމީ އަިދާރާއިން (މެޓް)އިން ވަނީ ބ. އަތޮޅުން ފެށިގެން ވ އަތޮޅަ ރީނދޫ ސަމާލު ނެރެފައެވެ.ރީނދޫ ސަމާލު ނެރފައިވަނީ މިއަދު 12:45 އިން ހަވީރު 17:00 އާ ހަމައަށެވެ.
މެޓުން ބުނިގޮތުގައި، މި ސަރަހައްދަށް ބޯކޮށް ވާރޭވުހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވެއެވެ.



