ދިވެހި ވަތަނީ ހިދުމަތުގައި ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަކުރި 137 ބައިވެރިއަކު ދިވެހި ސިފައިންގެ އަސާސީ ތަމްރީން ކޯސް ފުރިހަމަކޮށް، ދަސްވެނިވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހި ވަތަނީ ހިދުމަތުގެ އިނީޝަލް ތަމްރީނުގެ އެންމެ ފުރަތަމަ ބެޗު ނިންމާ، އެކިއެކި ދާއިރާތަކުން ވަޒީފާ ހޯދުމަށް ހުޅުވާލި ފުރުސަތުގައި ސިފައިންގެ ހިދުމަތަށް ކުރިމަތިލި ޒުވާނުންނަށް ހިންގުނު 72 ވަނަ ސިފައިންގެ އަސާސީ ތަމްރީނު ކޯހުން ރާއްޖޭ 20 އަތޮޅެއްގެ 70 ރަށަކަށް ނިސްބަތްވާ 137 ދަރިވަރުން ދަސްވެނިވެފައިވާ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ދިވެހި ވަތަނީ ހިދުމަތަކީ އަމިއްލަ ނަފްސަށް އިތުބާރުކުރާ، އަގީދާ ވަރުގަދަ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން ފެށި ޕްރޮގްރާމެކެވެ.
ދިވެހި ވަތަނީ ހިދުމަތުގައި ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަކުރި 137 ބައިވެރިއަކު ދިވެހި ސިފައިންގެ އަސާސީ ތަމްރީން ކޯސް ފުރިހަމަ ކުރުން
ސިފައިންގެ އަސާސީ ތަމްރީން ކޯހުން އެކި ވަނަތައް ހާސިލް ކުރި އެންމެހާ ބައިވެރިންނަށް ރައީސް ޑރ. މުއިއްޒު މަރުހަބާ ދެންނެވިއެވެ. އަދި ސިފައިންގެ މަތިވެރި ހިދުމަތަށް ކުރިމަތިލި އެންމެހާ ޒުވާނުންނަށް އައްސަރިބަހާއި ސާބަސް ރައްދު ކުރެއްވިއެވެ.




