ސަރުކާރުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި 1.2 ބިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާގެ ޓްރެޜަރީ ބިލް (ޓީ-ބިލް) ގަންނަން ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން ފައިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައިވާ ގޮތުން، މިފަހަރު ޖުމްލަ 4 މުއްދަތަކަށް ބަހާލައިގެން 1،256،726،000.00 ރުފިޔާގެ ޓީ-ބިލް ވިއްކުމަށް ވަނީ ހަމަޖެހިފައެވެ.
މިފަހަރު ފިނޭންސުން ޓީބިލް ވިއްކަން ހުޅުވާލާފައި ވަނީ 28 ދުވަހުގެ ޓ 305 މިލިއަން ރުފިޔާގެ ބިލެވެ. މީގެ އިންޓްރެސްޓް ރޭޓަކީ %3.50 އެވެ. އަދި މި ބިލް މުއްދަތު ވާނީ އަންނަ ޖުލައި މަހުގެ 13 އަށެވެ. އަދި 98 ދުވަހުގެ ޓީ-ބިލް ވިއްކުމަށް ހަމަޖެހިފައި ވަނީ 453.4 މިލިއަން ރުފިޔާގެ ބިލެވެ. މީގެ އިންޓްރެސްޓް ރޭޓަކީ %3.87 އެވެ. މި ބިލްގެ މުއްދަތު ހަމަ ވަނީ 21 ސެޕްޓެމްބަރު 2026 އަށެވެ.
މީގެއިތުރުން 182 ދުވަހުގެ ޓީ-ބިލް ވިއްކުމަށް ހަމަޖެހިފައި ވަނީ 40 މިލިއަން ރުފިޔާގެ ބިލެވެ. މީގެ އިންޓްރެސްޓް ރޭޓަކީ %4.23 އެވެ. މި ބިލް މެޗުއަރީ ވާނީ 14 ޑިސެމްބަރު 2026 އަށެވެ. އަދި 364 ދުވަހުގެ ޓީ-ބިލް ވިއްކުމަށް ހަމަޖެހިފައި ވަނީ 458.3 ލިއަން ރުފިޔާގެ ބިލެވެ. މީގެ އިންޓްރެސްޓް ރޭޓަކީ %4.60 އެވެ. މި ބިލްގެ މުއްދަތު ވާނީ 14 ޖޫން 2027 ގައެވެ.
މި ޓީ-ބިލްތަކަށް ގަންނަން ހުޅުވާލާފައިވާ ސުންގަޑިއަކީ 14 ޖޫން އެވެ. ޓީ-ބިލަށް އެދޭ ފޯމު އެ ދުވަހުގެ ހެނދުނު 8:30 އާއި 11:00 އާ ދެމެދު ފިނޭންސް މިނިސްޓްރީއަށް ހުށަހަޅަންޖެހެއެވެ. އަދި ރަމަޟާން މަހެއް ނަމަ، ފޯމު ބަލައިގަންނާނީ ހެނދުނު 9:30 އާއި 10:30 އާ ދެމެދުގައެވެ.



