ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ދ. މީދޫއަށް މިއަދު ވަޑައިގަންނަވައިފިއެވެ.
ރައީސްގެ ދެކަނބަލުން ދ. މީދުއަށް ވަޑައިގަތުމުން އެ ރަށުގެ ބަނދަރު ސަރަހައްދުން އެކި އުމުރުފުރާތަކުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ނުކުމެ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
ރައީސްގެ ދެނކަބަލުން މީދޫއަށް ވަޑައިގަންނަވާފައި މިވަނީ އިއްޔެ ބޭއްވި އެރަށު ކައުންސިލް ރައީސް އިންތިޚާބު ޕީއެންސީގެ ކެނޑިޑޭޓު ކާމިޔާބުކުރެއްވުމާއި ގުޅިގެން އެކަމުގެ ކާމިޔާބީ ފާހަގަކުރެއްވުމަށެވެ.
އެގޮތުން މިރޭ އެ ރަށުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕީއެންސީގެ ޖަލްސާގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ.




