ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ)ގެ ޓާމިނަލް 2 އާ ދިމާލަށް އޮންނަ މަގުގެ މަރާމާތުގެ މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވާތީ އާރްޓީއެލް އެއަރޕޯޓް ބަސް ރޫޓަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނީ، 16 ޖޫން އިން 25 ޖޫންގެ ނިއަލަށް އެއަރޕޯޓުގެ ޓާމިނަލް 2 އާ ދިމާލަށް އޮންނަ މަގުގެ މަރާމާތުގެ މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވާކަމަށް އެކުންފުންޏަށް އަންގާފައިވާކަމަށެވެ.
އެމްޓީސީސީއިން ބުނިގޮތުގައި، މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމުއްދަތުގެ ތެރޭގައި ކޮންމެ ރެއަކު ރޭގަނޑު 00:00އިން ފަތިހު 05:00އާ ދެމެދުއެވެ. އެހެންކަމުން މިމުއްދަތުގެ ތެރޭގައި އެއަރޕޯޓް ބަސް ރޫޓުތަކަށް ބަދަލު ގެނައުމަށް ހަމަޖެހިފައިވާ ކަމަށާއި، އެއަރޕޯޓް ބަސް ރޫޓަށް ގެންނަ ބަދަލާއެކު މިމުއްދަތުގައި ފަސިންޖަރުން އަރުވާ ބާލައި ހަދާނީ ސައިކަލް ޕާކިން ސަރަހައްދަށް ކަމަށް އެމްޓީސީސީން ބުންޏެވެ.
މި ކަމާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ އެމްޓީސީސީގެ ހޮޓްލައިން ނަމްބަރު 1650 އަށް ގުޅުއްވުމަށް އެ ކުންފުނިންވަނީ އެދިފައެވެ.




