މާލެ ސަރަހައްދުގެ ސްކޫލެއްގައި ފަސް އަހަރު ވަންދެން ހިންގަމުން ދިޔަ ހިޔާނާތުގެ ބޮޑު މައްސަލައިގެ ތަހުގީގެއް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފަށައިފިއެވެ.
މީގެ ފަސް އަހަރު ކުރިން 2021 އިން ފެށިގެން އެހެން މުވައްޒަފެއްގެ ނަމުގައި މުސާރަ ނަގަމުންދިޔަ އެ ސްކޫލު ތިން މުވައްޒަފެއް ފާހަގަވެ، އެ ތިން މުވައްޒަފުން ކަނޑާލަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ވެސް ވަނީ ނިންމައިފަ އެވެ.
މިކަމާ ބެހޭގޮތުން އޭސީސީގެ މީޑިއާ އޮފިޝަލަކު ”ސައުވީސް“ އަށް މިއަދު ވިދާޅުވީ އެ މައްސަލަ އޭސީސީން ބަލަމުން އަންނަ ކަމަށާއި އެކަމާ ގުޅޭ ތަހުގީގެއް ވެސް މިހާރު ފަށާފައިވާ ކަމަށެވެ.
ބަލަމުންދާ މައްސަލައަކަށް ވާތީ އިތުރު ތަފްސީލެއް އޭސީސީން ހިއްސާ ކޮށްފައެއް ނުވެއެވެ.
އެނގިފައިވާ ގޮތުގައި، އެ މައްސަލައާ ގުޅިގެން ވަޒީފާ އިން ވަކިކުރުމަށް ނިންމާފައިވަނީ އެ ސްކޫލުގެ އެޑްމިނިސްޓްރޭޓަރާއި ހިއުމަން ރިސޯސް މެނޭޖަރުގެ އިތުރުން ބަޖެޓް އޮފިސަރެވެ.



