މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުން އަރައިގަތުމަށް ދޭ އެހީ އިތުރުކުރުމަށް ރާއްޖެއިން ގޮވާލައިފިއެވެ.
ރާއްޖެއިން މިކަމަށް ގޮވާލީ އ.ދ ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 62 ވަނަ ދައުރުގައި މޫސުމީ ބަދަލުތަކުން އިންސާނީ ހައްގުތަކަށް ކުރާ އަސަރު ދެނެގަތުމާއި ގުޅޭގޮތުން ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އދ.ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ.
ޑރ. ސަލްމާގެ ވާހަކައިގައިވަނީ ހުރިހާ ގައުމުތަކުން ”މަލްޓިޑައިމެންޝަނަލް ވަލްނަރަބިލިޓީ އިންޑެކްސް“ (ޟޥީ) ބަލައިގަތުމަށް ގޮވާލައްވާފައެވެ.
މަލްޓިޑައިމެންޝަނަލް ވަލްނަރަބިލިޓީ އިންޑެކްސް (އެމްވީއައި) އަކީ އިޤްތިޞާދީ، ތިމާވެށި، އަދި އިޖުތިމާޢީ ގޮތުން ކުރިމަތިވާ ނުރައްކާތަކުން އަރައިގަތުމަށް ގައުމެއްގެ ނާޒުކުކަމާއި ގާބިލުކަން ހުރި މިންވަރު ދެނެގަތުމަށް އދ.ން އެކުލަވާލާފައިވާ ބައިނަލްއަގުވާމީ މިންގަނޑެވެ. މިއީ ޖީޑީޕީ ނުވަތަ ބޮލަކަށްޖެހޭ އާމްދަނީ ފަދަ އާންމުކޮށް ގައުމުތަކުގެ މުއްސަނދިކަން މިންކުރާ އުސޫލުތަކަށްވުރެ ފުޅާ ދާއިރާއެއްގައި، ގައުމަކަށް ބޭނުންވާ އެހީތެރިކަން ދެނެގަތުމަށް މަގުފަހިކޮށްދޭ މިންގަނޑެކެވެ.
މޫސުމީ ބަދަލުތަކާ ގުޅިގެން އުފައްދާފައިވާ ބައިނަލްއަގުވާމީ ފަންޑުތަކަށް، ޚާއްސަކޮށް ”ފަންޑް ފޯ ރެސްޕޮންޑިންގ“ ފަދަ ވަސީލަތްތަކަށް ބޭނުންވާ ފައިސާ ފުރިހަމައަށް ހަމަޖެއްސުމަށް ރާއްޖެއިން ބާރުއެޅިއެވެ.




