އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯކަމުގެ މަގާމުން އިބްރާހިމް ޒިޔަތު އިސްތިއުފާ ދެއްވައިފިއެވެ.
ރާއްޖޭގެ ކޮމާޝަލް ބަނދަރުތައް ބަލަހައްޓާ ކުންފުނިން އިސްތިއުފާ ދެއްވާފައިވާކަން ޒިޔަތު ވަނީ ބައެއް އޮންލައިން ނޫސްތަކަށް ޔަގީންކޮށްދެއްވާފައެވެ.
ނަމަވެސް، އިސްތިއުފާ ދެއްވި ސަބަބެއް އޭނާ ވިދާޅުވެފައެއް ނުވެއެވެ.
މިދިޔަ މާޗު މަހުގެ ތެރޭގައި އެ މަގާމަށް އައްޔަނުކުރެއްވި ޒިޔަތު އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ ތެރޭގައިކަން ވަނީ އެނގިފަ އެވެ.
އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގެ އިތުރުން އެ ކުންފުނީގެ ބޯޑަށް ވެސް ޒިޔަތު އޭރު އައްޔަންކުރި އެވެ.
ނަމަވެސް، މެއި 1 ގައި އެމްޕީއެލްގެ ބޯޑުން ޒިޔަތު ވަކިކޮށް، އެމްއޭސީއެލް ޑެޕިއުޓީ ސީއީއޯގެ މަގާމަށް އެންމެ ފަހުން އައްޔަންކުރި މުހައްމަދު ލަމްއާނަށް ވަނީ އެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަން ދީފައެވެ.




