ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ފިލައިގެން ބޭރަށް ފުރައިފައިވާތީ، އޭނާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފިއެވެ.
ފުލުހުން މިއަދު ބުނީ، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް ހޯދަން ބޭނުންވާ މީހަކު ހޯދައި ހައްޔަރުކުރުމަށްޓަކައި، އިންޓަޕޯލް މެދުވެރިކޮށް ރެޑް ނޯޓިސް ނެރެފައިވާ ކަމަށެވެ.
އެ މައްސަލައިގައި ފުލުހުން ހޯދަނީ، ފ. ނިލަންދޫ، ރާހި / އުމުރުން 38 އަހަރުގެ އިޒްޔާން ޢަބްދުލްޙަމީދެވެ.
ފުލުހުން ބުނީ، އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އޭނާ ވަނީ ރާއްޖޭން ބޭރަށް ފުރައިގެން ގޮސްފައި ކަމަށެވެ. އަދި އޭނާ މިހާރު އުޅޭ ތަނެއް އެނގިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
ހެލްތު އެންޑް ފެމިލީ މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކުޑަކުދިންނާ ގުޅޭ ޖުމްލަ 81 މައްސަލައެއް މިދިޔަ މެއި މަހު ރިޕޯޓުކޮށްފައިވެއެވެ.




