ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވި މީހަކު އުމުރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.
ކޯޓުން ހުކުމް ކޮށްފައިވަނީ، ށ. މިލަންދޫ / ސުނީތާހައުސް، ޢަލީ އިބްރާޙިމް(37 އަހަރު) މައްޗަށެވެ.
ޢަލީ އިބްރާހީމް 25 އަހަރަށް ޖަލަށްލުމާއެކު 100،000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މި ހުކުމް އިއްވާފައިވަނީ، 2026 ޖޫން 21 ވަނަ ދުވަހުއެވެ.
އޭނާގެ މައްޗަށް ހުކުމް އިއްވާފައިވަނީ ގާނޫނު ނަންބަރު މަސްތުވާތަކެއްޗާބެހޭ ގާނޫނު ގެ 105 ވަނަ މާއްދާގެ ދަށުންނެވެ.
މި މައްސަލަ ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައިވަނީ، 2023 ޖަނަވަރީ 12 ވަނަ ދުވަހުއެވެ. މި މައްސަލައިގެ ތަޙުޤީޤު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2023 މާރިޗު 13 ވަނަ ދުވަހުއެވެ.
މިއީ، މަސްތުވާތަކެއްޗާ ދެކޮޅަށް ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ފުލުހުން ކުރަމުންދާ މަސައްކަތުގެ ނަތީޖާކަމަށް ފުލުހުން ބުންޏެވެ.



