ބިދޭސީއަކާ މާރާމާރީ ހިންގި މައްސަލައެއްގައި އެމްޑީޕީގެ ބާރަށު ދާއިރާގެ ކުރީގެ ނާއިބު ރައީސް ހއ. ބާރަށް، ފަރިވާވިލާ/ މުމްތަހާޒް އަބްދުއްރަހީމް(44އ.) ހައްޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި އޭނާ ފަސް ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފައެވެ.
ބަންދު އަމުރުގައި ބުނެފައިވާ ގޮތުން މުމްތަހާޒް އަނިޔާކުރި ބަންގްލަދޭޝްއަށް ނިސްބަތްވާ މުހައްމަދު އައުލާދު ހުސެއިންއަށް ލިބުނު އަނިޔާގެ ފޮޓޯއާއި ޑޮކްޓަރުގެ ލިޔުންތައް ހުށަހަޅާފައިވެއެވެ.
މުމްތަހާޒް ބިދޭސީ މީހާއަށް އަނިޔާކުރީ ކީއްވެގެންކަމެއް ބަންދު އަމުރުގައި ބުނެފައެއް ނުވެއެވެ.



