ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުންނަށް ސާޖިދާ މުޙައްމަދު މ. މުލަކަށް ވަޑައިގަތުމުން އެކަމަނާއަށް އެރަށުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
އެކަމަނާއަށް މަރުޙަބާ ދެންނެވުމަށްޓަކާ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބަނދަރު ސަރަޙައްދަށް އެއްވެފައެވެ.
މެޑަމް ސާޖިދާގެ މި ދަތުރުފުޅަކީ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މުލަކަށް ކުރައްވާ މި ދަތުރުފުޅުގެ ތެރެއިން ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމުގެ އިތުރުން އެރަށުގައި ތަރައްޤީކޮށްފައިވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައިވެސް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
މި ދެ ރަސްމިއްޔާތުވެސް އޮންނާނީ މިއަދު ހަވީރެވެ.




