މާލޭގައި އިމާރާތެއްގެ ފުރަތަމަ ފަންގިފިލާއިން މިއަދު ދެ މީހަކު ވެއްޓި އަނިޔާވެއްޖެއެވެ.
މި ހާދިސާއާ ބެހޭގޮތުން ފުލުހުން ބުނީ މަޖީދީމަގުގައި ހުންނަ އިމާރާތަކުން ދެ މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު މިއަދު މެންދުރު ލިބިފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 22 އަހަރުގެ ނޭޕާލް ފިރިހެނަކާއި 39 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކަށެވެ.
އެ ދެ މީހުންނަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަކަން އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލަކު ކަށަވަރުކޮށްދެއްވި އެވެ. އެކަމަކު އެ ދެ މީހުންނަށް ވެސް އިމަޖެންސީގައި ފަރުވާ ދެމުން އަންނަކަން ފިޔަވައި އިތުރު ތަފްސީލެއް ނުދެ އެވެ.
ފުލުހުން ބުނީ މި ހާދިސާ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެ ދެ ބިދޭސީން މަސައްކަތްކުރީ ޕޮއިސް ޕާފިއުމް ފިހާރަ ހުންނަ އިމާރާތުގަ އެވެ. އެ މީހުން މަސައްކަތުގައި އުޅުނީ ސަލާމަތީ ފިޔަވަޅުތައް ނާޅާ ކަމަށް އެނގިފައިވެއެވެ.



