ބޭންކް އޮފް މޯލްޑިވްސްގެ އެމެރިކަން އެކްސްޕްރެސް ޕްލެޓިނަމް ކްރެޑިޓް ކާޑު އަދި އެމެރިކަން އެކްސްޕްރެސް އިސްލާމިކް ޕްލެޓިނަމް ކްރެޑިޓް ކާޑު ގެންގުޅުއްވާ ކަސްޓަމަރުންނަށް ހާއްސަކޮށްގެން، 2026 ވަނަ އަހަރުގެ ފޯމިއުލާ 1 ސިންގަޕޫރު އެއާލައިންސް ސިންގަޕޫރު ގްރޭންޑް ޕްރީ ބަލާލުމުގެ ފުރުސަތު ލިބޭ ހާއްސަ ޕްރޮމޯޝަނެއް އެ ބޭންކުން ފަށައިފިއެވެ.
ބީއެމްއެލްއިން ބުނިގޮތުގައި، ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން މަސް ނިމެންދެން މި ޕްރޮމޯޝަން ކުރިއަށްދާނެއެވެ.
މި މުއްދަތުގެ ތެރޭގައި ބީއެމްއެލް އެމެރިކަން އެކްސްޕްރެސް ޕްލެޓިނަމް ކްރެޑިޓް ކާޑު ނުވަތަ އެމެރިކަން އެކްސްޕްރެސް އިސްލާމިކް ޕްލެޓިނަމް ކްރެޑިޓް ކާޑު ބޭނުންކޮށްގެން ރާއްޖޭގައި ވިޔަފާރިކުރާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ. ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް، އިތުރު މީހަކާއެކު މި ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބޭނެއެވެ.
ގުރުއަތުން ހޮވޭ ފަރާތަށް ލިބޭ އިނާމުތަކުގެ ތެރޭގައި ހިމެނެނީ:
- ފޯމިއުލާ 1 ސިންގަޕޯ އެއާލައިންސް އިންގަޕޯ ގްރޭންޑް ޕްރީ 2026 ގެ ތިން ދުވަހުގެ އެކްސެސްއާއެކު އެމެކްސް ސްކައި ސޫޓް 2 ޓިކެޓް
- ނަސީބުވެރި ފަރާތާއި އިތުރު މީހެއްގެ ދެކޮޅު ޓިކެޓް
- އިވެންޓް ކުރިއަށްދާ މުއްދަތުގައި ހޮޓެލް އެކޮމޮޑޭޝަން
މި ޕްރޮމޯޝަނަކީ ކަސްޓަމަރުންނަށް ހާއްސަ ލައިފްސްޓައިލް މަންފާތަކާއި، އަގުހުރި ތަޖުރިބާތަކުގެ އިތުރުން މަދުން ނޫނީ ނުލިބޭނެ ފަދަ ތަފާތު ފުރުސަތުތައް ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށް ބޭންކުން ބުންޏެވެ.
ބީއެމްއެލްއިން ބުނިގޮތުގައި މި ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތު: https://bankofmaldives.com.mv/race-to-singapore-2026 މި ލިންކު މެދުވެރިކޮށް ލިބޭނެއެވެ.




