މި އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ކޯ ހޯސްޓް ކެނެޑާއާ ވާދަކޮށް ރޭގައި ކުޅުނު މެޗުން 3-0 ން މޮރޮކޯ މޮޅުވެ، ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ.
މިއީ ވޯލްޑް ކަޕްގެ ތާރީހުގައި ވެސް ނޮކް އައުޓް ބުރެއްގައި ކެނެޑާ ވާދަކުރި ފުރަތަމަ ފަހަރެވެ.
ރޭގެ ފުރަތަމަ ހާފުގައި ކެނެޑާ ވަނީ މޮޅަށް ކުޅެ، މޮރޮކޯ ހާސްކަމެއްގެ ތެރެއަށް ވައްޓާލާފައެވެ. އެގޮތުން މުޅި މެޗުގއި ވެސް އެންމެ ގިނަ ހަމަލާތައް ގޯލަށް ފޮނުވާލާފައިވަނީ ކެނެޑާކަން ފާހަގަ ކުރެވުނެވެ. ނަމަވެސް އެންމެ ގޯލެއް ވެސް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.
އެ މެޗުގެ ފުރަތަމަ 20 މިނެޓުތެރޭ މޮރޮކޯގެ އިސްމާއިލް ސައިބާރީ އަށް އަނިޔާ ވެގެން ވަނީ ބަދަލު ކޮށްފަ އެވެ. އޭނާގެ ބަދަލުގައި ކޯޗު މުހައްމަދު ވާބީ ކުޅެން އެރުވީ ސުފިއާން ރަހީމީ އެވެ.
މޮރޮކޯގެ ފުރަތަމަ ދެ ގޯލު ދެވަނަ ހާފުގައި ޖަހައިދިނީ އަޒަދީން އޮނާހީ އެވެ. އޭނާ ވަނީ އަޝްރަފް ހަކީމީގެ ޕާހަކުން 50 ވަނަ މިނެޓުގައި މޮރޮކޯ އަށް ލީޑު ނަގައިދީފަ އެވެ. އަދި ދެވަނަ ލަނޑު، ބްރަހީމް ޑިއާޒްގެ ޕާހަކުން ޖަހައިދިނީ 82 ވަނަ މިނެޓުގައެވެ.
އިތުރު ވަގުތުގެ ގޮތުގައި ދެއްކި އަށް މިނިޓު ހަމަވާން 10 ވަރަކަށް ސިކުންތަށް ވެފައި ވަނިކޮށް ކައުންޓާ އެޓޭކެއްގައި މޮރޮކޯގެ ފަހު ލަނޑު ޖަހައިދިނީ ސުފިއާން ރަހީމީ އެވެ. މި ލަނޑު ޖަހަން އެހީ ވީ ވެސް ޑިއާޒް އެވެ.



