އުމުރުން މިހާރު ދުވަސްވެފައިވުމުގެ ސަބަބުން ތިންވަނަ ކައިވެންޏެއް ކުރަން ހިޔާލު ނުކުރާކަމަށް ބުނި ކަމުގައިވިޔަސް، ބޮލީވުޑްގެ މަޝްހޫރު އެކްޓަރ، ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ އާމިރް ޚާން ކައިވެނި ކޮށްފިއެވެ.
އާމިރު ޚާން ކައިވެނި ކުރީ އޭނާގެ ޒަމާންވީ އެކުވެރިޔާ އަދި އޭނާގެ ޕްރޮޑަކްޝަން ގޯރީ ސްޕްރެޓް އާ މިއަދު ކައިވެނި ކޮށްފިއެވެ.
ކުރިން ދެ ކައިވެނި ކޮށްފައިވާ އާމިރު ޚާން އެންމެ ފުރަތަމަ ކައިވެނި ކުރީ 1986 ވަނަ އަހަރު ރީނާ ދައްތާ އާއެވެ. އެ ކައިވެންޏަށް އޭނާއަށް ދެ ދަރިން ލިބިފައިވެއެވެ. އެއީ އެކްޓަރު ޖުނެއިދު ޚާން އާއި އީރާ ޚާން އެވެ.
ރީނާއާ ކުރި ކައިވެނި 2002 ވަނަ އަހަރު ނިމުމަށްފަހު 2005 ވަނަ އަހަރު އާމިރު ޚާން ކައިވެނި ކުރީ ފިލްމްމޭކަރ ކިރަން ރާއޯ އާއެވެ. ސަރޮގެސީ މެދުވެރިކޮށް އެ ކައިވެންޏަށް އޭނާއަށް ލިބިފައިވަނީ ފިރިހެން ދަރިއެކެވެ. އެއީ އަޒާދް ރާއޯ ޚާން އެވެ. ކިރަން އާއި އާމިރު ޚާންގެ ކައިވެނި ރޫޅިފައިވާކަން އިއުލާނު ކުރީ 2021 ވަނަ އަހަރުއެވެ.
އޭގެފަހުން އޭނާ އިތުރު ކައިވެންޏެއް ކުރާނެތޯ ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބުދެމުން އާމިރު ޚާން ކުރިން ބުނީ، ތިންވަނަ ކައިވެންޏެއް ކުރަން އޭނާގެ އުމުރު މިހާރު ތަން ނުދޭ ކަމަށެވެ.
ނަމަވެސް މިދިޔަ އަހަރު މާރިޗް މަހު އާމިރު ޚާން އަށް 60 އަހަރު ފުރުނު ދުވަހު އޭނާވަނީ ގޯރީ އަކީ އޭނާގެ ލޯބިވެރިޔާކަން ޕަބްލިކަށް ހާމަކޮށްފައެވެ. އެ ދެމީހުންގެ ކައިވެނި ޖުލައި 5 ގައި އޮންނާނެކަން އިއުލާނުކުރީ މިއަހަރު ކުރީކޮޅުގައެވެ.
ބާންޑްރާގައި ހުންނަ އާމިރު ޚާންގެ ގޭގައި، ކުޑަ ޚަފްލާއެއްގައި މިއަދު ކުރި ކައިވެންޏަށް އާމިރު ޚާންގެ 3 ދަރިންނާއި ގޯރީގެ އުމުރުން 6 އަހަރުގެ ދަރިފުޅު ވެސް ބައިވެރިވިއެވެ. މި ޚަފްލާއަށް ހަމައެކަނި ދައުވަތު ދީފައިވަނީ އާއިލާ މީހުންގެ އިތުރުން ގާތް އެކުވެރިންނަށެވެ.



