މާލޭ އުސްފަސްގަނޑު ސަރަހައްދުގައި، ލޮރީއަކާ ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަނިޔާވި އެކަކު ނިޔާވެއްޖެއެވެ.
ފުލުހުން ބުނީ މާލެ، ބޮޑުތަކުރުފާނު މަގު، ދަރުބާރުގެ ކައިރީ ސައިކަލަކާއި ލޮރީއެއް ޖެހި އެކްސިޑެންޓެއް ހިނގި ރިޕޯޓް މިއަދު 15:57 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓްގައި ނިޔާވީ ސައިކަލް ދުއްވަން އިން މީހާ އެވެ. ނަމަވެސް އެއީ ކާކު ކަމެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް ނިޔާވި މީހާ އަކީ ފިރިހެނެކެވެ.



