އޮރެންޖު ހިޔާ ބަސްރޫޓަށް (އާރު 15 އަށް) މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބަދަލުތަކެއް ގެނެސްފިއެވެ.
އެ ކުންފުނިން ބުނެފައިވަނީ، މި ބަދަލުތައް ގެނެސްފައިވަނީ އޮރެންޖު ހިޔާއަށް ދާ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށާއި ބަދަލުތައް ގެނައި ރޫޓަށް ދަތުރުކުރާނީ މާދަމާއިން ފެށިގެން ކަމަށެވެ. އަދި މި ގެނައި ބަދަލާއެކު އޮރެންޖު ހިޔާ ބަސްތައް ދެން ދަތުރު ކުރާނީ މަޖީދީމަގުން ފެށިގެން ވެސްޓް ޕާކާ ދިމާލަށް ކަމަށް ވެސް އެމްޓީސީސީން ބުނެފައިވެއެވެ.
އޮރެންޖު ހިޔާ ބަސް މިހާރު ހުއްޓާނެ ބަސްހުއްޓިތަކަކީ:
° ވެސްޓްޕާކު
° މާފަންނު ސަހަރާ
° ސިޓީ ސްކޮއަރ
° ހީނާމާގެ
° ހެންވޭރު ސްޑޭޭޑިއަމް
° ރާޅުގަނޑު
° އޮރެންޖު ހިޔާ
° ސެނަހިޔާ
° މުނިއުފާ
° އިބްރާހިމް މިސްކިތް
° ސިޓީ ސްކޮއަރ
° ފިނި ޕާކް
އޮރެންޖު ހިޔާ ބަސްރޫޓަށް ބަދަލުތަކެއް ގެނެސްފައިވާއިރު އަމީނީ މަގު މަރާމާތު ކުރުމަށް ވެސް މި ފަހުން ބަސް ރޫޓު ތަކަކަށް ބަދަލުތަކެއް ގެނެސްފައިވެއެވެ.
އެގޮތުން:
° އާރް 1 – ވެސްޓް ޕާކުން ހުޅުމާލެ ފޭސް 1 ރޫޓް.
° އާރް 3 – ވެސްޓް ޕާކުން އެއާޕޯޓު ރޫޓް.
° އާރް 7 – ވެސްޓް ޕާކުން ހުޅުމާލެ ފޭސް 2 ރޫޓް.
° އާރް 15 – ވެސްޓްޕާކުން އޮރެންޖް ހިޔާ ރޫޓް.
މީގެއިތުރުން އާރް 10، އޯކިޑް ރޫޓަށް ވެސް ބަދަލު ގެނެސްފައިވާއިރު މި ރޫޓުގެ ދަތުރުތައް ފައްޓާ އަދި ނިންމާނީ ވެސްޓް ޕާކު ބަސް ސްޓޮޕްއިންނެވެ. ނަމަވެސް އަމީނީމަގުގެ މަރާމާލުގެ މަސައްކަތަށް މި ރޫޓުގެ ދަރުމަވަންތަ ހޮސްޕިޓަލް ސްޓޮޕާއި، ސޯޝަލް ސެންޓާ ސްޓޮޕްގެ އިތުރުން އައިޖީއެމްއެޗް ސްޓޮޕް ވަގުތީގޮތުން ވަނީ މެދުކަނޑާލާފައެވެ.




