ރުކުމަޑިއާއި ހުދުކޫޑި ކޮންޓްރޯލްކުރާ ޕެސްޓްސައިޑް ބޭނުންވާ ރަށްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓްރީން ހުޅުވާލައިފިއެވެ.
ކޮކޮނަޓް ހިސްޕިން ބީޓްލް ނުވަތަ ކުދި ރުކުމަޑި ދިވެހިރާއްޖެއިން އެންމެ ފުރަތަމަ ފެނިފައިވަނީ، 1999ވަނަ އަހަރުގެ ޑިސެންބަރު މަހު އަރިއަތޮޅުގެ ރިސޯޓެއްކަމަށްވާ ސަން އައިލެންޑް ރިސޯޓުންނެވެ. މަޑީގެ މި ބާވަތަކީ، ރުއްތަކުގެ ފަންވަތްތައް ހާލާކުކޮށް ރުށްތަކުގެ ހެދިބޮޑުވުމަށް ހުރަސް އަޅާ މަޑީގެ ބާވަތެކެވެ.
މިކަމަށް ހައްލެއް ހޯދުމަށް ޗައިނާ ސަރުކާރުގެ އެހީގައި ދިރާސާކޮށް ރުކުމަޑި ނައްތާލާ ސުއިތްޕެއް ވަނީ ހޯދާފައެވެ. މި ސޫފި އާލާކުރުމަށް ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ޕާމް ޕެސްޓް ބަޔޮލޮޖިކަލް ކޮންޓްރޯލް ޕެރަސައިޓޮއިޑް ރީއާރިންގ ސެންޓަރެއް ޤާއިމްކޮށް މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ، ރުކުމަޑިއާއި ހުދުކޫޑީގެ މައްސަލަ ދިމާވެފައިވާ ރަށްތަކަށް ޕެސްޓްސައިޑް ބޭނުންވާ ފާރާއްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ހުރިހާ ކައުންސިލަކަށް ސިޓީ ފޮނުވާފައިވާނެކަމަށް ވެސް ބުންޏެވެ.



